
7 މީހުންނާ އެކު، މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުންދިޔަ “ޖަޒީރާ” ނަމަކަށް ކިޔާ ބޯޓެއް، ވ. ފެލިދޫ ހުޅަނގު ކަނޑަށް އަޑިއަށްދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާގެ މައުލޫމާތު 2026 ޖުލައި 09ވަނަ ދުވަހުގެ ހަވީރު 15:26 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ޖަޒީރާ ބޯޓުގައި ތިބި ހުރިހާ މީހުން ލޯންޗަކަށް ވަނީ ނަގާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ބޯޓުން ދަތުރުކުރި އެންމެން ވަނީ ފުލުހުންގެ އެހީތެރިކަމާ އެކު ފުލިދޫ އަށް ގެންގޮސްފައިވާ ކަމަށާއި އެމީހުންގެ ތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި 3 ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ. އަދި މި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ބޯޓު ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ.

