
މަސްވެރިން ކިރުވި މަހަށް މިހާތަނަށް 2.4 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން، ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބުނީ މި އަހަރުގެ މިހާތަނަށް 2.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އެގޮތުން މިފްކޯއަށް ވަނީ 41 ދޯންޏަކުން މަސް ކިރުވާފައެވެ. މިގޮތުން ކަނޑުއޮތްގިރި (10 ކިލޯއިން މަތި)ގެ މަސް ކިރުވާފައި ވަނީ އެންމެ ދޯންޏަކުންނެވެ. އަދި ކަނޑުއޮތްގިރި (15 ކިލޯއިން މަތި)ގެ މަސް ކިރުވި 2 ދޯންޏަކަށް 5,050.00 ރުފިޔާ ވަނީ ދޫކޮށްދައެވެ.
މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ކަންކަން ހަރުދަނާކޮށް، ގަވާއިދުން ފައިސާ ދިނުމަށް ސަރުކާރާއި މިފްކޯ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ އުސޫލެއް ތައާރަފްކޮށް މިހާރު ދަނީ އެ އުސޫލުގެ ދަށުން ފައިސާ ޖަމާކޮށްދެމުންނެވެ.
ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ އޮތް 250 މިލިއަނެއްހާ ރުފިޔާ ވެސް މި ސަރުކާރުން ވަނީ ދޫކޮށް ނިންމާފައެވެ. އަދި މަސްވެރިންނަށް ލިބޭ އާމްދަނީ ރަނގަޅުކުރުމަށްޓަކައި ކަޅުބިލަމަސް ގަންނަ އަގު ވަނީ ކިލޯއެއް 20 ރުފިޔާއަށް ހަމަޖައްސާފައެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ބޮޑުކަންނެލި ވެސް މިފްކޯ އިން ގަންނަމުންދާއިރު، ކަންނެލި ގަންނަނީ ކިލޯއެއް 25 ރުފިޔާގެ މަގުންނެވެ.

