
ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ބެލްޖިއަމްއަށް ކަނޑައަޅުއްވާ އައު ސަފީރުގެ މަގާމަށް، ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މި މަގާމަށް ދިޔާނާ އައްޔަންކުރުމަށް ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމުމަށް، އެ މައްސަލަ ވަނީ ދިރާސާކުރަން މަޖިލީހުގެ ހާރިޖީގުޅުންތަކުގެ ކޮމިޓީއަށް ވެސް މިއަދު ފޮނުއްވާފައެވެ.
މީގެ ދެމަހެއްހާ ދުވަސް ކުރިން ދިޔާނާ ވަނީ، ރާއްޖޭގެ ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް އައްޔަންކުރައްވާފައެވެ.
ރާއްޖެއިން އީޔޫއަށް ކަނޑައަޅާ ސަފީރުގެ މަގާމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއެރުވުމުގައި ވިލާތުގެ ގައުމުތަކާ އެކު ގާތް ގުޅުމެއް ބޭއްވުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ މަގާމެކެވެ. އެގޮތުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ސަފީރުކަމަށް ތޯރިގް ހަމަޖައްސަވާފައިވާއިރު، ގަތަރަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އާދަމް ޝަރީފް ވަނީ އައްޔަންކުރައްވާފައެވެ.

