
އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް އާރުޓީއެލްހެ ހިދުމަތް ފުޅާކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާންކޮށްފިއެވެ.
ސަރުކާރުން އެފަދައިން ނިންމީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އެގޮތުން އަންނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރުޓީއެލް ވިއުގަ ގާއިމުކޮށް އެ ހިދުމަތް ފެއްޓެވުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން، ހާއްސަ އިސްކަމެއް ދީގެން ކުރަން ވަޒީރުންގެ މަޖިލީހުގެ އިއްުޔެ އޮތީ ނިންމައިފައެވެ.
އާރުޓީއެލްގެ ހިދުމަތް ފެށީ 2022ވަނަ އަހަރު އުތުރުން ނެވެ. އަދި އޭގެ ފަހުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާރުޓީއެލް އޮތީ ފުޅާކޮށްފައެވެ.
އެންމެ ފަހުން އާރުޓީއެލްގެ ހިދުމަތް ފެށީ ލ. އަތޮޅުގައެވެ.
އާރުޓީއެލްގެ ހިދުމަތް މިހާރު ނުފެށި އޮތީ މ، ކ، އއ، އދ, އަދި ވ އަތޮޅުގައި އެކަންޏެވެ.

