
ކެންސަރު ބަލީގެ ފޭކު އިންޖެކްޝަނެއް ރާއްޖެ އެތެރެކޮށްފައިވާތީ ސަމާލުވާން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އޮޕްޑީވޯ އިންޖެކްޝަން ރާއްޖެ އެތެރެކޮށްފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ.
ނަމަވެސް އެތެރެކުރީ ކޮން ފަރާތެއް ކަމެއް އެމްއެފްޑީއޭއިން ނުބުނެއެވެ.
އެހެންވެ އެ އިންޖެކްޝަން އެއްވެސްގޮތަކަށް ރާއްޖެ އެތެރެކޮށް، ވިއްކާ އަދި ބޭނުން ކުރުމަކީ މަނާކަމެއްކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
އެމްއެފްޑީއޭއިން ކުރިން ބުނެފައިވާ ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެއަށް ބޭސް އިމްޕޯޓްކުރާ ޕޯޓުތަކުގެ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަކޮށް, އެފަދަ ބޭސްތައް އެތެރެވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެއެވެ.

