
ރ. އުނގޫފާރުން ކުކުޅަކާއި ހާލެއް ވަގަށް ނެގި މީހަކު 20 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
އުނގޫފާު މެޖިސްޓްރޭޓް ކޯޓުން އެ ހުކުމް އިއްވީ އެ ރަށުގެ ޒަޔާނާމަންޒިލް، މުހައްމަދު ރީހާންގެ މައްޗަށެވެ.
ރީހާންގެ މައްޗަށް ދައުވާކުރީ އޭނާއާއި އެހެން މީހަކު ގުޅިގެން އުނގޫފާރު ލުނބޯގަސްދޮށުގެއަށް ވަދެ އެ ގޭގައި ހުރި ކުކުޅު ކޮށްޓަކުން، ދެ ކުކުޅާއި ހާލެއް ވަގަށް ނެގި މައްސަލައިގައެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުރީ އެހެން މީހެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއެވެ.
ރީހާން ވަނީ އޭނާ ކުރި ކުށަށް އިއުތިރާފްވެ އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފައެވެ. އެ އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އިއްވީ 20 ދުވަހުގެ ޖަލު ހުކުމެކެވެ.

