
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައިފާސްކޮށް އަށް ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ހަރަކާތުގެ ތެރެއިން މާލޭގައި ކާބޯތަކެތި ވިއްކާ ކެފޭތަކާއި ޓޭކްއަވޭ ހަދައިދޭ ހަ ތަނެއް ވަނީ ފާސްކޮށްފައެވެ. އެ ތަންތަނުގައި އުޅެމުންދިޔަ 28ބިދޭސީއެއްގެ ލިޔެކިޔުންތައް ބަލައި ޗެކްކުރިއިރު، އޭގެ ތެރެއިން އަށް މީހަކީ ޤާނޫނާ ޚިލާފަށް ރާއްޖޭގައި ވަޒީފާ އަދާކުރަމުންދިޔަ މީހުންކަން ވަނީ ހާމަވެފައެވެ. އެ މީހުން މިހާރު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.
The Task Force conducted a raid today targeting illegally operated cafés and takeaways.
A total of 28 expatriates were inspected across 06 locations, and 08 expatriates found working illegally were detained. pic.twitter.com/Ql6GLGBcgx
— Maldives Immigration (@ImmigrationMV) July 30, 2026
ރާއްޖޭގައި ބިދޭސީން ޤަވާއިދާ ޚިލާފަށް އުޅޭ މައްސަލައަށް ދާއިމީ އަދި ވަށައިޖެހޭ ޙައްލެއް ހޯދުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިގޮތުން، މިފަދަ ކުއްލި ފާސްކުރުންތައް މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެކަން ކަމާ ބެހޭ ފަރާތްތަކުން ވަނީ އިއުލާންކޮށްފައެވެ.
މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ހުއްދަނެތި އުޅެމުންދިޔަ ބާރަހާހަށްވުރެ ގިނަ ބިދޭސީން ހޯދައި، އެމީހުންގެ އަމިއްލަ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ.

