
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާ މީހަކު އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ އެ މަސްތުވާތަކެތި އަލުލައިގަތީ މި މަހުގެ ފަސް ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްއިން އެތެރެވާން އުޅުނިކޮށް ކަމަށެވެ.
އެގޮތުން އިންޑިއާ އިން ރާއްޖެއައި އިންޑިއާގެ ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލާފާސްކުރުމުގެ ތެރޭގައި 450ގްރާމްގެ ކެނެބިސް ފެނުނު ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
ނަމަވެސް އެ ފަސެންޖަރުގެ އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަންނަ ބިދޭސީންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ މައްސަލައާ ގުޅިގެން އިންޑިއާއިން ވެސް ވަނީ ޓްރެވަލް އެޑްވައިޒަރީއެއް ވެސް ނެރެފައެވެ.

