އއ. ރަސްދޫން ފިހުނު ދަމަފިރިންގެ ތެރެއިން އަންހެން މީހާ މިއަދު ނިޔާވެއްޖެ އެވެ. ރަސްދޫގައި މި މަހުގެ 24 ވަނަ ދުވަހު ހިނގި ހާދިސާގައި ފިހުނީ އައިޝަތު ރިފްގާ އަދި އަލީ ސާމިންނެވެ. އުމުރުން 31 އަހަރުގެ ދެމަފިރިން ވަގުތުން އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފެށި އެވެ. ނަމަވެސް ހަށިގަނޑުގެ ބޮޑު ބައި ފިހިފައި އޮތުމުން އޭރު ވެސް ޑޮކްޓަރުން ވަނީ ދެމަފިރިންނަށް އުންމީދު ކަނޑާލައިފަ އެވެ. އަންހެން މީހާ ނިޔާވީ މިރޭގެ އިރާކޮޅެވެ.
Trending
- ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކި މީހަކު ހަތް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި
- މާރާމާރީ ހިންގައިގެން 50 އަހަރުން މަތީގެ މީހަކު ހައްޔަރުކޮށްފި
- ސްޓެލްކޯގެ ދަށަށް ކަރަންޓުގެ ހިދުމަތް ބަދަލުކުރާ ރަށްތަކުގެ ހާލަތު ދެނެގަންނަން ސާވޭތައް ފަށައިފި
- ބިންވެރިޔާ ސްކީމްގެ ދަށުން 90 އިންސައްތައަށް ވުރެ ގިނަ ގޯތީގެ ރަޖިސްޓްރީ ދޫކޮށްފި
- އެމްޕީއެލްގެ ބޯޑަށް އައު ދެ މެމްބަރުން އައްޔަންކޮށްފި
- ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ: މެޑަން ސާޖިދާ
- މޯލްޑިވިއަންއާއި އިއްތިހާދު އެއަރވޭސް ގުޅިގެން ޚާއްޞަ އެއްބަސްވުމެއް އެކުލަވާލައިފި
- ކޮޗިންގައި ތާށިވި މީހުން ރާއްޖެ ގެނެސްފި
