
މަސްތުވާތަކެއްޗާ އެކު ވިލިމާލެއިން މި މަހުގެ އަށްވަނަ ދުވަހު ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އަދި އިތުރު ފިރިހެނެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފިެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ކީ އަހުމަދު އަޒްމީލް (އަޒޭ) އާއި އިސްމާއިލް ޖުމައިހް (ޖުމާ), މުހައްމަދު ވިޝާލް (ރޯމަން) އަދި އަޒޭގެ ކޮއްކޮ ޝާހިލު މުހައްމަދުއެވެ އެ މައްސަލައިގައި އެންމެންގެ ބަންދަށް ވެސް 15 ދުވަސް ޖެހިއިރު ފުލުހުން މިހާރު ވަނީ އެ މައްސަލަ ތަހުގީގުކޮށް އެ އެންމެންގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީަށް ފޮނުވައިފައެެވެ.
ފުލުހުން އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހަކު މިހާރު ބަންދުން ދޫކޮށްލައިފައިވާ ކަމަށާއި އަދި އެނެއް މީހާވެސް ދޫކޮށްލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ. އަދި އެ މީހުން ތިބި ތަނުގެ މޭޒު މަތީގައި ހާމައަށް ހުރި މަސްތުވާތަކެތި ޓްރެފިކިންގެ މިންގަނޑަށް އަރާކަންވެސް ފާހަގަކޮށްފައިވެއެވެ. އެހެންވެ އެ މައްސަލަ ސާބިތުވެއްޖެނަމަ އެ އެންމެނަށް ވެސް ބޮޑު ހުކުމެއް އަންނާނެއެވެ.

