
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން އުދަރެސް 8ވަނަ ޓަވަރުން 20 އަހަރުގެ ޒުވާނަކު ވެއްޓިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ހާދިސާގައި ވެއްޓިފައި ވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ވެއްޓިފައިވާ ކަމަށް ބެލެވެނީ އެ އިމާރާތުގެ 15ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އިތުރު ތަފްސީލް ފަހުން ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

