
މެލޭޝިއާ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ބޭބޭފުޅު އީދްރުސް އިބްރާހީމް ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އުމުރުފުޅުން 83 އަހަރުގައި އީދްރުސް ނިޔާވީ އިއްޔެއެވެ. އޭނާ ނިޔާވީ ނިދިކުރައްވާފައި އޮންނަވަނިކޮށެވެ.
އީދްރުސް ނިޔާވުމާ ގުޅިގެން ރައީސް މުއިއްޒު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، މެލޭޝިއާގެ ބޮޑުވަޒީރަށާއި އެމަނިކުފާނުގެ އާއިލާއަށް އިހުލާސްތެރި ތައުޒިޔާ އަރިސްކުރައްވާފައިވެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲގެ ހަޒްރަތުގައި ދުއާ ދަންނަވާފައި ވެއެވެ.

