
ލ. ފޮނަދޫގައި އިމާރާތްކުރަމުން އަންނަ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތްތައް ވަރަށް ބޮޑަށް ހަލުވިކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އައު އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ސްލޭބަށް ބޭނުންވާ ތަނބުތަކުގެ ރީއިންފޯސްމަންޓް އަދި ޝަޓަރިންގގެ މަސައްކަތްތަކެވެ. ޖުމްލަ 6.50 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 300 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި ޕްރޮޖެކްޓުގައި، 2368 އަކަފޫޓުގެ ބިމެއްގައި ދެ ބުރީގެ ޒަމާނީ މަރުކަޒެއް ބިނާކުރާނެއެވެ.
Project Update: Construction of Regional Emergency Operations Centre at L. Fonadhoo
Column shuttering and reinforcement works are currently ongoing at the project site. First floor slab level.
Follow more updates at: https://t.co/RjAFCf3rnI#MTCCProjects #TeamMTCC… pic.twitter.com/BQtG6LFqxa
— MTCC Plc (@MTCCPlc) September 23, 2026
ލ. އަތޮޅުގެ ވެރިކަންކުރާ ރަށް ކަމަށްވާ، އަދި 3100 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފޮނަދޫގައި މިފަދަ މަރުކަޒެއް ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ، ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ލަސްނުކޮށް ފޯރުކޮށްދެވޭނެ ނިޒާމެއް ހަމަޖެއްސުމެވެ. މީގެ ސަބަބުން ކާރިސާތަކުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށް ފަސޭހަވެގެންދާނެއެވެ.
މޫސުމީ ބަދަލުތަކާ އެކު ރާއްޖެއަށް ކުރިމަތިވާ ގުދުރަތީ ކާރިސާތައް އަހަރުން އަހަރަށް އިތުރުވަމުން އަންނާތީ، މިފަދަ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ މުއައްސަސާތަކުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފޮނަދޫގައި ހެދޭ މި ސެންޓަރު ވެގެންދާނީ މި އަމާޒަށް ވާސިލުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށެވެ.

