
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން މޮނީޓާކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)އިން މިއަދު އެކްސްގައި ބުނީ މިއަދުން ފެށިގެން ސްޓެލްކޯގެ ބޯޑަށް ދ.މީދޫ، އަސަރީގެ، އަހުމަދު ނިޒާމް އައްޔަނުކޮށްފައިވާ ކަމަަށެވެ.
ސްޓެލްކޯގެ ބޯޑުގައި މިހާރުވެސް ހަ މެމްބަރުން ތިއްބަވައެވެ. އެއީ ސްޓެލްކޯގެ ޗެއާމަންއާއި، މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ތިން ނޮން އެކްޒެކިއުޓިވް ޑިރެކްޓަރުންނެެވެ.
ސްޓެލްކޯގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު ލަތީފްއެވެ.

