
ބ. އޭދަފުށީގެ އިރުދެކުނުން 4 ނޯޓިކަލް މޭލު ބޭރުން ދޯންޏެއް އަރިއަޅައިލައި، ލަކުޑިފަތިތަކެއް ކަނޑަށް އެޅި އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ބ.އޭދަފުށި އިރުދެކުނުން 4 ނޯޓިކަލް މޭލުން ދޯންޏެއް އަރިއަޅާލައި، ލަކުޑިފަތިތަކެއް ކަނޑަށް އެޅި އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކުރަން.https://t.co/UVRGvd0YPx pic.twitter.com/xiDFYP4yRO
— Maldives National Defence Force (@MNDF_Official) September 16, 2026
ޤައުމީ ދިފާއީ ބާރުން ބުނީ، “ސީލައިން 3” ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ލަކުޑިތަކެއް އައްސާފައިވާ ބެލްޓު ކަނޑައިގެން ގޮސް، ކާށިދޫ ކަނޑުގެ ސަރަހައްދަށް އެ ދޯނިން ލަކުޑި ފަތިތަކެއް އޮޔާދަމުންދާ ކަމަށެވެ. އަދި އެ ތަކެތި އޮޔާދާކަމަށް ލަފާކުރެވެނީ އިރުމައްޗަށް ކަމަށް ވެސް ދިފާއީ ބާރުން މައުލޫމާތުދެއެވެ.
އެހެންކަމުން، މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރާ ކަމަށާއި އަދި ޚާއްޞަކޮށް، ރޭގަނޑުގެ ވަގުތުތަކުގައި މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ވެސް ދިފާއީ ބާރުން އިލްތިމާސްކުރެއެވެ.

