
ދައުލަތުން ކުރިން ރާއްޖެއަށް ތައާރަފުކޮށްފައި ނުވާ ނަމަވެސް މި ސަރުކާރުން ފެށި ބަންކަރިން ވިޔަފާރިން މިހާތަނަށް 80 މިލިލިއަން ޑޮލަރުގެ އާމްދަނީއެއް ރާއްޖެއަށް ވަދެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދުއޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބަންކަރިން ވިޔަފާރިން 80 މިލިއަން ޑޮލަރު، ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.
ރާއްޖޭގެ އެންމެ އުތުރުން އޮންނަ “އެއިޓް ޑިގްރީ ޗެނަލް” އަކީ ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބައިނަލްއަޤްވާމީ ކާގޯ ބޯޓުފަހަރާއި ޓޭންކަރުތައް ހުރަސްކުރާ މައި ކަނޑުމަގެކެވެ. މި ސަރަޙައްދުގައި ބަންކަރިންގ ފެށުމުން، ދިގު ދަތުރުކުރާ ބޯޓުފަހަރަށް ރާސްތާ ބަދަލުނުކޮށް ތެޔޮ އެޅުމުގެ ފުރުސަތު ލިބިގެންދެއެވެ. މި ވިޔަފާރި މި ސަރުކާރުން ވަނީ މިދިޔަ އަހަރު ފަށާފަ އެވެ. ނަމަވެސް ފަށާފައި ވަނީ އޮފްޝޯ ކޮށެވެ.
މި ވިޔަފާރީގެ މައިގަނޑު ކޮންޓްރެކްޓަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)އެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި ބޯޓުފަހަރަށް ބޭނުންވާ ތެޔޮ ސަޕްލައިކުރުމަށްޓަކައި އެސް.ޓީ.އޯއިން ވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ހަކަތަ ކުންފުނި ކަމަށްވާ ވިޓޯލް ގްރޫޕާ އެކު އެއްބަސްވުން ގާއިމުކޮށްފައެވެ.
މެރިޓައިމް އެހެނިހެން ޚިދުމަތްތައް: ބަންކަރިންގ (ތެޔޮ އެޅުން)ގެ އިތުރުން، ބޯޓުފަހަރަށް ބޭނުންވާ ސާފު ބޯފެނާއި، ކާބޯތަކެތި ފޯރުކޮށްދިނުމާއި، ކްރޫން ބަދަލުކުރުމާއި، އަދި ކުނި ނައްތާލުން ފަދަ އެހެނިހެން ލޮޖިސްޓިކްސް ޚިދުމަތްތައް ފޯރުކޮށްދެނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގެ ފަރާތުންނެވެ.

