
މި އަހަރުގެ ބަޖެޓުން އިމާރާތް ކުރުމަށް ބޮޑު ހޭދައެއް ކޮށްފައިވާއިރު ބްރިޖާއި ހަރަދުތައް ދަށްވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުން ކެޕިޓަލް ޚަރަދުތަކަށް މިއަހަރުގެ މިހާތަނަށް ވަނީ 3.88 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މިއީ މިދިޔަ އަހަރާ (3.63 ބިލިއަން ރުފިޔާ) އަޅާބަލާއިރު 6.9 އިންސައްތައިގެ ކުރިއެރުމެކެވެ.
މި މައުލޫމާތުތަކުން އެނގޭ ގޮތުން ކެޕިޓަލް ޚަރަދުތަކަށް މިއަހަރުގެ މިހާތަނަށް ވަނީ 3.88 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މިއީ މިދިޔަ އަހަރާ (3.63 ބިލިއަން ރުފިޔާ) އަޅާބަލާއިރު 6.9 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން މަގުތަކާއި ބްރިޖް އަދި އެއާޕޯޓުގެ ޚަރަދު ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރު 1.52 ބިލިއަން ރުފިޔާ ޚަރަދުކުރި ނަމަވެސް، މިއަހަރު މި ޚަރަދު ވަނީ 961.3 މިލިއަން ރުފިޔާ އަށް ކުޑަވެފައެވެ. މިއީ 36.8 އިންސައްތައިގެ ދަށްވުމެކެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ބަނދަރާއި ފާލަމަށް ކުރާ ހަރަދު ވަނީ ދަށްވެފައެވެ. މިގޮތުން ފާލަމާއި ބަނދަރު އަދި ފެރީ ޓާމިނަލް ފަދަ ވަސީލަތްތަކަށް ކުރި އިންވެސްޓްމަންޓް ވަނީ 209.0 މިލިއަން ރުފިޔާއިން 310.1 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ އިކުއިޕްމަންޓް ހޯދުމަށް ކުރި ހޭދަ 17.8 އިންސައްތަ (481.0 މިލިއަން ރުފިޔާއަށް) އިތުރުވެފައިވާއިރު، އުމްރާނީ ތަރައްޤީގެ އެހެނިހެން ވަސީލަތްތަކަށް ކުރި ހޭދަ ވަނީ 43.4 އިންސައްތަ (846.6 މިލިއަން ރުފިޔާއަށް) އިތުރުވެފައެވެ.

