
ވިލިމާލޭގެ ޑިންގީ ޖެޓީ ތަރައްގީކޮށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިއަދު ދަރުބާރު ގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ.
އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަހުމަދު ސައީދުއެވެ.
އެ މަޝްރޫއުގެ ތެރެއިން ޑިންގީ ޖެޓީ ތަރައްގީކުރަން ހަވާލުކުރީީ 14.91މިލިއަން ރުފިޔާއަށް 150ދުވަސް ތެރޭ ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން 3,698ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން
ފުންކޮށް ތިން މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި 74މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލައި އަދި 24މީޓަރުގެ ބޭރުތޮށްޓެއް ލުމާއެކު 74މީޓަރު ދިގު މީޓަރު ފުޅާ ބްރިޖެއް ވެސް ހަދާނެއެވެ.
މިނިސްޓްރީން ބުނީ ވިލިނގިލީ ޑިންގީ ޖެޓީ ހަދައި ނިމުމުން ވިލިމާލެއަށް އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ
ފަރާތްތަކަށް ދިމާވަމުންއަންނަ ދަތިތަކަށްވެސް ހައްލު ލިބޭނެ ކަމަށެވެ.
ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހަވާލުކުރީ 45.66މިލިއަން ރުފިޔާއަށް 180ދުވަސް ތެރޭ ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުނ،ް 1.09ހެކްޓަރުގެ ބިން ހިއްކައި 150މީޓަރުގެ
ރިވެޓްމެންޓް ޖަހައި 181މީޓަރުގެ ބޭރު ތޮށިލާނެއެވެ.
ހައުސިން މިނިސްޓްރީން ބުނީ ވިލިނގިލީގެ ގޮނޑުދޮށް ހިމާޔަތްކުރެވުމުން ރަށްގިރުމުގެ ނުރައްކަލަށް ބޮޑު ހައްލެއް ލިބ،ި ހިމާޔަތްކުރެވިފައިވާ ގޮނޑުދޮށެއް ވިލިމާލޭގެ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

