
އާންމުންގެ ތެރޭގައި ހިންދޫންގެ އަޅުކަމެއް ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ހުޅުމާލެ ދެ ފޭސް ގުޅޭ ބްރިޖް ސަރަހައްދުގައި ހިންދޫ ދީނުގެ އަޅުކަން ކުރި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާއިންއެވެެ.
ފުލުހުން ބުނީ އެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައުމާއެކު އެކަން ހުރި މީހާ ހޯދައި ނޭޕާލްއަށް ނިސްބަތްވަ 44އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ އަންހެން މީހާއަކީ 2024އިން ފެށިގެން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއް ކަމަށާއި އަދި އޭނާ އަށް ފިޔަވަޅު އެޅުމަށް އިމިގްރޭޝަންއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

