
އެމްޓީސީސީން ބޭނުންކޮށް ބާވެ ހަލާކުވެފައިވާ ބަސްތަކެއް ނީލަން ކިޔަން އެ ކުންފުނިން ނިންމައިފިއެވެ.
މާދަމާ އެ ނީލަން ފަށާއިރު ނުވަ ބަހެއް ނީލަން ކިޔަން އެމްޓީސީސީން ވަނީ ނިންމައިފައެވެ.
އޭގެ ތެރޭގައި ވޯލްވޯ ބަހާއި މޭން ބަހުގެ އިތުރުން އަޝޯކް ލޭލޭންޑް ބަސް ހިމެނެއެވެ.
އެ ބަސްތަކުގެ ނީލަން ފެށޭ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 25،000ރުފިޔާއެވެ.
އެމްޓީސީސީން ބުނީ ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މެންދުރު 12ގެ ފަހުން ފެންނަން ހުންނާނެ ކަމަށާއި އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ދެ ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގު ހުށަހެޅި ފަރާތަކަށް ނީލަން ނިމޭނެ ކަމަށް ވެސް ބުންޏެވެ.
އެ ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 10،000ރުފިޔާ ވެސް ބަހައްޓަން ޖެހޭނެއެވެ.

