
ބަޖެޓަށް ފައިސާ ހޯދަން ސަރުކާރުން ވިއްކާފައިވާ ސެކިއުރިޓީޒްގެ ޖުމްލަ އަދަދު ވަނީ 97.3 ބިލިއަން ރުފިޔާ އަށް އަރައިފިއެވެ.
ފިނޭންސުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އެތެރޭގެ ބާޒާރުގައި ވިއްކާފައިވާ އިންސްޓްރުމަންޓްތަކެވެ. (ޑޮމެސްޓިކް އިންސްޓްރުމަންޓްސް) އެތެރޭގެ ބާޒާރުގައި ވިއްކާފައިވާ ސެކިއުރިޓީޒްގެ ޖުމްލަ އަދަދު 95,804.3 ބިލިއަން ރުފިޔާއަށް އަރައެވެ.
އެތެރޭގެ ބާޒާރުގައި ވިއްކާފައިވާ މައިގަނޑު އިންސްޓްރުމަންޓްތައް
ދިވެހި ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ-ބިލް) – 44,852.4 ބިލިއަން ރުފިޔާ
ދިވެހި ރުފިޔާގެ ޓްރެޝަރީ ބޮންޑު – 28,614.9 ބިލިއަން ރުފިޔާ
ޔޫއެސް ޑޮލަރު ޓްރެޝަރީ ބޮންޑު – 13,089.4 ބިލިއަން ރުފިޔާ
އިސްލާމިކް އިންސްޓްރުމަންޓްސް (ދިވެހި ރުފިޔާ) – 5,757.5 ބިލިއަން ރުފިޔާ
އާރް.ޑީ.ސީ / ޔޫއެސް ޑޮލަރު ޓްރެޝަރީ ބިލް – 3,490.1 މިލިއަން ރުފިޔާ
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ބޭރުގެ މާކެޓްތަކުގައި ވިއްކާފައިވާ އިންސްޓްރުމަންޓްތަކުގެ (އެކްސްޓާނަލް އިންސްޓްރުމަންޓްސް) އަދަދަކީ 1,542.0 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ހިމެނެނީ ބޭރުގެ ފަރާތްތަކަށް ވިއްކާފައިވާ ބޮންޑާއި ސުކޫކެވެ.
ރާއްޖޭގެ ބަޖެޓު ފޫބައްދަން ސަރުކާރުން ސެކިއުރިޓީސް ވިއްކަމުންދާއިރު ރާއްޖޭގެ ޖުމްލަ ދަރަނި ވަނީ 124 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައެވެ.

