
ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެޕިއުޓިކް ފަރުވާއަށް މިދިޔަ މޭ މަހު 12.7 މިލިއަން ހަރަދުކޮށްފިއެވެ.
ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ)އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ބުނެފައިވާ ގޮތުން މިދިޔަ މޭ މަހާ ހަމައަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14525 މީހުން ދަފްތަރުވެފައިވެއެވެ.
އެ ފަރާތްތަކަށް މޭ މަހު 12.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު އެންމެ ގިނައިން ހަރަދުކުރީ އޮކިއުޕޭޝަނަލް ތެރެޕީއާއި ބިހޭވިއަރަލް ތެރެޕީ އަދި ސްޕީޗް ތެރެޕީއަށެވެ.
އެގޮތުން އޮކިއުޕޭޝަނަލް ތެރެޕީއަށް އެކަނި ވެސް ތިން މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ތެރެޕިއުޓިކް ފަރުވާ އެންމެ ގިނައިން ފޯރުކޮށްދިނީ 18 އަހަރުން ދަށުގެ މީހުން ނަށެވެ. އެއީ 254 ފިރިހެނުންނާއި 106 އަންހެނުން ނަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 18 އަހަރުން ދަށުގެ 5241 މީހުން ރަޖިސްޓްރީވެފައިވެއެވެ.

