
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ރޭ ހުޅުވާލައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވީ އަހުމަދު އާހިދު ރަޝީދުއެވެ. ނަމަވެސް އޭނާގެ ދައުރު އަންނަ މަހު ހަމަވާނެއެވެ.
އެހެންވެ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16އާ ހަމައަށް ހުޅުވާލައިފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30އިން މެންދުރު 12:00އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް ވެސް އިއުލާންގައި ބުނެފައިވެއެވެ.
އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

