
ތިން ރަށެއްގެ ހޭންޑްބޯލް ކޯޓު އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެެވެ.
ސްޕޯޓްސް މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި ހޭންޑް ބޯލް ކޯޓު އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފައިވާ ތިން ރަށަކީ ބ. ކުޑަރިކިލު، އއ. މަތިވެރި، ހއ. ފިއްލަދޫއެވެ. މި ތިން ރަށުގައި މި ކޯޓުތައް އެޅުމަށް ހަވާލުކޮށްފައި ވަނީ މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މި އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ފަޔާޒް އަދި ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ރަމީޒްއެވެ. އަދި މެގަލިންކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު އިސްމާޢިލް ޝާކިރުއެވެ.
އެ ކުންފުންޏާއި މި މަސައްކަތްތައް ހަވާލުކޮށްފައި ވަނީ މަސައްކަތް ފަށާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިއިން ކޮންމެ މަޝްރޫއެއްގެ ޖުމްލަ އަގަކީ އެއްމިލިއަން ހަލައްކަ ނުވަދިހަ ފަސްހާސް ފައްސަތޭކަ ތިންރުފިޔާ ފަންސާސް ހަލާރިއެވެ.

