
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މެދު އުމުރުގެ އަންހެން މީހާގެ ބަންދު އަނެއްކާވެސް އިތުރުކޮށްފިއެވެ.
ހ. މާދަނޑު، ކ. މާލެ، އާމިނަތު ރިސާލާ (28އ)ހައްޔަރުކުރީ މިދިޔަ މަހުގެ މެދު ތެރޭގައެވެ. އެފަހަރު އޭނާ 15ދުވަހަށް ބަންދުކުރިއެވެ.
އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު ވަނީ އޭނާ އިތުރު 16ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
މަސްތުވާތަކެތި ބޭނުންކުރާކަމަށް ރިސާލާ އެއްބަސްވި ނަމަވެސް އޭނާއާ ގުޅުން ހުރި ގެއަކުން ފެނުނު މަސްތުވާތަކެއްޗާ އޭނާ ހަވާލެއް ނުވެއެވެ.
އެ ގެއިން ވަނީ 35ގްރާމްގެ މޯފިން، 50ގްރާމްއަށް ވުރެ ގިނަ ޓީއެޗްސީ އަދި 12ގްރާމްއަށް ވުރެ ގިނަ ކެޓަމީން ފެނިފައިވެއެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ބެލެވޭނެ އަދަދެކެވެ. އަދި އެކަން ސާބިތުވެއްޖެނަމަ ބޮޑު ހުކުމެއް އަންނާނެއެވެ.

