
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ޒަމާނީ ލޮލުގެ ކެޓެރެކްޓް ސާޖަރީގެ ހިދުމަތް ފަށަން ނިންމައިފިއެވެ.
އޭއީއެޗްގައި މިހާރުވެސް ސްމޯލް އިންސިޝަން ކެޓެރެކްޓް ސާޖަރީގެ ހިދުމަތް ލިބެއެވެ.
ނަަމަވެސް އޭއީއެޗްއިން މިއަދު ކުރި އިއުލާނެއްގައި ވަނީ ކެޓެރެކްޓްގެ ޒަމާނީ ސާޖަރީއެއް ކަމަށްވާ ފެކޯމަލްސިފިކޭޝަން ފަށަން ނިންމައި އޭގެ ސިސްޓަމް އެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވާލައިފައެވެ.
އެގޮތުން އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 11އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.
ފެކޯމަލްސިފިކޭޝަންއަކީ އަލްޓްރާ ސައުންޑް ބޭނުންކޮށްގެން ކުރާ ލޮލުގެ ސާޖަރީއެކެވެ. އައްޑޫގައި މިހާރު ކުރަނީ މެނުއަލް އިންސިޝަން ލޮލުގެ ކެޓްރެކްޓް ސާޖަރީއެވެ.
ފަހަކަށް އައިސް އާ ސާޖަރީތައް އޭއީއެޗްގައި ދަނީ ކުރަމުންނެވެ.

