
އދ. މާމިނގިލީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ މަގުތައް ހެދުމުގެ މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ޕަމްޕް ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން މާމިނގިލީގައި 4.89 ކިލޯމީޓަރުގެ މަގު ހަދާނެއެވެ.
މިއީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް(އާރްޑީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެ އެކެވެ.
މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 2020ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި 95 މިލިއަން ރުފިޔާއަށެވެ.

