
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މަގުބޫލު “ފަސްމީރު” ބްރޭންޑުގެ ތަފާތު ރަހަތައް ހިމެނޭހެން ޚާއްސަ ހަދިޔާ ޕެކެއް ތަޢާރަފުކޮށްފިއެވެ.
މިފްކޯއިން ބުނީ، މި ޕެކޭޖަކީ އާއިލާ އާއި ރަހުމަތްތެރިންނަށް ހަދިޔާކުރުމަށާއި، ދިވެހިވަންތަ ކަނޑުމަހުގެ މީރު ރަހަތައް އެހެން ފަރާތްތަކަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ އުފެއްދުމެއް ކަމަށެވެ. އަދި މި ޕެކޭޖުގައި ޖުމުލަ 12 މަސްދަޅު ހިމެނޭ މި ހަދިޔާ ޕެކްގައި ފަސްމީރު ބްރޭންޑުގެ 4 ރަހައެއް ހިމެނޭނެއެވެ. އެއީ:
- ކަނޑުމަސް ގިތެޔޮ މިރުހާ އެކު
- ކަނޑުމަސް ލުނބޮޔާއި މިރުހާ އެކު
- ކަނޑުމަސް އަސޭމިރުހާ އެކު
- ކަނޑުމަސް ހިކި މިރުހާ އެކު
ކޮންމެ ވައްތަރަކުން 3 ދަޅު ހިމެނޭ މި ޕެކޭޖަކީ އަގުގެ ގޮތުން ބަލާއިރު ވެސް ކަސްޓަމަރުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއް ކަމަށާއި ވަކިވަކިން މަސްދަޅު ގަންނަން ލިބޭ އަގަށްވުރެ ހެޔޮ އަގެއްގައި، މި ހަދިޔާ ޕެކް މިހާރު 221ރ. އަށް ލިބެން ހުންނާނެ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
ބޭނުން ފަރާތަކަށް ހަދިޔާގެ ގޮތުގައި ދެވޭގޮތަށް ތައްޔާރުކޮށްފައިވާ މިޕެކޭޖުގެ ފަރުމާގައި ހަދިޔާ ލިބޭ ފަރާތުގެ ނަން ވެސް ޖަހައިލެވޭނެއެވެ. މިއީ ދަތުރުފަތުރު ކުރާއިރު ފޮއްޓަށް ނުވަތަ ދަބަހަށް ލައިގެން ފަސޭހައިން އުފުލޭނެހެން ތައްޔާރުކޮށްފައިވާ ޕެކެކެވެ.
މިފްކޯގެ މި އައު އުފެއްދުމާ އެކު، ފަސްމީރުގެ ތަފާތު މީރު ރަހަތައް އެއް ޕެކޭޖަކުން ތަޖުރިބާކޮށްލުމުގެ ފުރުސަތު މިވަނީ ކަސްޓަމަރުންނަށް ފަހިވެފައެވެ. ފަސްމީރު ބްރޭންޑުގެ ފެންވަރު ރަގަޅު އުފެއްދުންތަކުގެ އެކި ރަހަތައް ހިމެނޭހެން ތަޢާރަފުކުރި މި ހަދިޔާ ޕެކަކީ، ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، އައު އީޖާދުތަކާ އެކު ފެންވަރު މަތީ އުފެއްދުންތައް ފޯރުކޮށްދިނުމަށް މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މީގެ ބޭނުމަކީ ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އިތުބާރު ދެމެހެއްޓުން ކަމަށް މިފްކޯއިން ބުނެއެވެ.
ފަސްމީރުގެ މީރު ރަހަތައް ހިމެނޭ މި ހަދިޔާ ޕެކް، މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކުން މިހާރު ލިބެން ހުންނާނެ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

