
ދިވެހިރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ މައިދާނީ ކުޅިވަރު ހަރަކާތްތަކާ އެކު ކުރިއަށްގެންދަން ހަމަޖެހިފައިވާ އަސްކަރީ ހިނގާލުން މިރޭ އޮންނާނެއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، 2026 ޖުލައި 26ވަނަ ދުވަހުގެ ރޭ، 20:30ގައި މާލޭގެ ޖުމުހޫރީ މައިދާނުން ފެށުމަށް ހަމަޖެހިފައިވާ އަސްކަރީ ހިނގާލުމުގައި، އެމްއެންޑީއެފް ބޭންޑާ އެކު ޖުމްލަ ހަ ގެމަ ބައިވެރިވާނެ ކަމަށެވެ. އަދި މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފްގެ ކޯރތަކާއި ތަފާތު ދާއިރާތަކުގެ ޚިދުމަތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ މައިދާނީ ކުޅިވަރު ހަރަކާތްތަކާ އެކު ކުރިއަށްގެންދަން ހަމަޖެހިފައިވާ އަސްކަރީ ހިނގާލުން، 2026 ޖުލައި 26ވަނަ ދުވަހުގެ ރޭ، މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ.https://t.co/LRn2p2iMuK pic.twitter.com/nzJpMYmAAY
— Maldives National Defence Force (@MNDF_Official) July 25, 2026
މި އަސްކަރީ ހިނގާލުމުގެ ލަޝްކަރު، މާލޭގެ ހަތަރު ސަރަހައްދެއްގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މަޖީދީމަގާއި ބޮޑުތަކުރުފާނުމަގު ޖަންކުޝަން ކައިރިން އާޓިފިޝަލް ބީޗާއި، އަމީނީމަގު ކުޑަކުދިންގެ ބަގީޗާ ކުރިމަތީގެ އިތުރުން އަމީނީމަގު ގަލޮޅު ޕޮލިސް ކުރިމަތި އަދި ކަޅުތުއްކަލާކޮށީގެ ހުޅަނގު އުތުރު ކަންމައްޗެވެ. ލަޝްކަރު ހުއްޓޭ މި ސަރަހައްދުތަކުގައި ސިފައިންގެ ބޭންޑުން ތަފާތު ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

