
ސިނަމާލެ ބުރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހުން ޖޫރިމަނާ ވެސް ކޮށްފިއެވެ.
ސައިކަލު މަތީގައި އޮށޯވެ އޮވެގެންނާއި، މަގު ރަނގަޅަށް ނުފެންނަވަރަށް ބޯ ތިރިކޮށްގެން ބާރު ސްޕީޑުގައި ބަޔަކު ދުުއްވި މައްސަލަ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާއިންއެވެ.
އެ ވީޑިއޯތައް އާންމުވިފަހުން ފުލުހުން ރޭ ބުނީ ބުރިޖު މަތީގައި ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލު ދެނެގަނެ 30 ދުވަހަށް އެ ވެހިކަލްތައް ޓޯކޮށްފައިވާ ކަމަށެވެ.
ފުލުހުން ފަހުން ބުނީ އެ އުޅަނދު ދުއްވި ފަރާތްތަކުގެ ތެރެއިން ދެ މީހަކު 2000 ރުފިޔާއިން ޖޫރިމަނާކޮށް ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވުމުގެ ރެކޯޑް އޮންނަ މީހަކު 4000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

