
ލޯކަލް ގަވަރުމަންޓް އޮަތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކުރިމަތިލި ކައުންސިލަރުންގެ ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށްފިއެވެ.
ރަށު ކައުންސިލަރުންގެ ތެރެއިން ކުރިމަތިލީ:
- ކެންޑިޑޭޓް ނަންބަރު 1 – ފ. ނިލަންދޫ ކައުންސިލްގެ ރަައީސް އަލީ އަހުމަދު (ޕީއެންސީ)
- ކެންޑިޑޭޓް ނަންބަރު 2 – ނ. މަނަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ރަޝީދު (އެމްޑީޕީ)
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން ކުރިމަތިލީ:
- ކެންޑިޑޭޓް ނަންބަރު 1 – ލ. ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަރިޔަމް ނީނާ (އެމްޑީޕީ)
- ކެންޑިޑޭޓް ނަންބަރު 2 – ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަރިޔަމް ޒީނާ (ޕީއެންސީ)
އެ އިންތިހާބު އޮންނާނީ އަންނަ އޮގަސްޓު މަހުގެ 8ވަނަ ދުވަހުގައެވެ.
އެލްޖީއޭގެ ބޯޑުގައި މި ތިން ކައުންސިލަރުންގެ އިތުރުން ދެން ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރަކާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އެ ތަނުގެ ސީއީއޯގެ އިތުރުން ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ އެ ތަނުގެ މުވައްޒަފަކާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރެކެވެ.
އެލްޖީއޭގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރެވެ. މި ވަގުތު އެއީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. ސީއީއޯ އަކީ ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ކ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނިމާލެވެ.

