
ގ. މިތުރު ގޭގެ ކޮޓަރީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ކޮޓަރީގައި ދިރިއުޅޭ ހަތަރު މީހަކު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މައުލޫމާތު ދިން ގޮތުގައި އަލިފާނުގެ ހާދިސާ ހިނގި ކޮޓަރީގައި ދިރިއުޅޭ 4 ފަރާތަކީ ކުއްޔަށް ދިރިއުޅޭ ފަރާތްތަކެއް ކަމަށާއި އެ ފަރާތްތަކަށް ,5 ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި ކެއުމާއި ބުއިން ދިނުމަށް ވަނީ ނިންމައިފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ގ. މިތުރުގޭގެ ގޮދަޑިއެއްގައި ރޯވެގެން އުޅޭކަމުގެ ރިޕޯޓް ލިބުނީ މިއަދުގެ 8:45ގައެވެ. މި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާކަމަށް ވެސް ބުނެފައިވެއެވެ.

