
ބިދޭސީއަކާ މާރާމާރީ ހިންގައިގެން އެމްޑީޕީގެ ބާރަށު ދާއިރާގެ ކުރީގެ ނާއިބު ރައީސް ހއ. ބާރަށް/ ފަރިވާވިލާ/ މުމްތަހާޒް އަބްދުއްރަހީމް(44އ.) ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި އޭނާ ފަސް ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން މުމްތަހާޒް އަނިޔާކުރި ބަނގުލަދޭޝްއަށް ނިސްބަތްވާ މުހައްމަދު އައުލާދު ހުސެއިންއަށް ލިބުނު އަނިޔާގެ ފޮޓޯއާއި ޑޮކްޓަރުގެ ލިޔުންތައް ހުށަހަޅާފައިވެއެވެ.
މުމްތަހާޒް ބިދޭސީ މީހާއަށް އަނިޔާކުރީ ކީއްވެގެންކަމެއް ބަންދު އަމުރުގައި ބުނެފައެއްނުވެއެވެ.
މުމްތަހާޒް ކުރިން ވަނީ ބާރަށު ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ވެސް ވާދަކުރައްވައިފައެވެ. ނަމަވެސް އިންތިހާބުން ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.

