
ކ.ގުޅިއާއި ފުށިދިއްގަރުފަޅު ކަނޑުއޮޅިތެރެއިން އުޅަނދެއްގެ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސްކޮށްފިއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ މި ސަރަހައްދުން އިރުމައްޗަށް ކަމަށެވެ.
ކ.ގުޅިއާއި ފުށިދިއްގަރުފަޅު ކަނޑުއޮޅިތެރެއިން އުޅަނދެއްގެ ބައެއް ތަކެތި އޮޔާ ދާތީ، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަން.https://t.co/QawuoOQdKJ pic.twitter.com/gxOxqZDwjP
— Maldives National Defence Force (@MNDF_Official) June 18, 2026
އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދެއްވުމަށާއި އަދި، އެ ސަރަހައްދުން ރޭގަނޑު ދަތުރުކުރައްވާ ނަމަ، މި ކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް ދިފާއީ ބާރުން އިލްތިމާސްކުރެއެވެ.

