
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކުރިއަށްގެންދާ ހާއްސަ ކެމްޕޭނެއްގެ ދަށުން، އަލަށް ޑޮލަރު ޑެބިޓް ކާޑު ނަގައިގެން މުއާމަލާތްކުރާ ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު 1،000 އެމެރިކާ ޑޮލަރު ހޯދުމުގެ ރަނުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފިއެވެ.
ގައުމީ ބޭންކުން މައުލޫމާތު ދެއްވާ ގޮތުގައި، އަގުހުރި މި ފައިސާގެ އިނާމު ހޯދުމަށްޓަކައި ކަސްޓަމަރުން ޖެހޭނީ އެ ބޭންކުން ދޫކުރާ ޔޫއެސްޑީ ޑެބިޓް ކާޑަކަށް އަލަށް އެދި ހުށަހަޅާށެވެ. އަދި އެގޮތަށް ދޫކުރެވޭ އާ ކާޑު މެދުވެރިކޮށް މަދުވެގެން 100 ޑޮލަރުގެ މުއާމަލާތްތަކެއް ފުރިހަމަކުރުމުން، މި ޕްރޮމޯޝަންގެ ގުރުއަތުގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަވާނެއެވެ. އަދި މި ޕްރޮމޯޝަން ކުރިއަށްދާނީ މި ޖުލައި މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ އިދާރާއިން ބުނެއެވެ.
Shop, subscribe, travel, and pay for digital services worldwide with a USD Debit Card.
View more: https://t.co/F1e4Xu2rUN pic.twitter.com/OTFtnMDd1N
— Bank of Maldives (@bankofmaldives) June 14, 2026
މީގެ އިތުރުން، މި ޝަރުތު ފުރިހަމަކުރުމަށްޓަކައި ކާޑު ބޭނުންކުރެވޭނެ ތަފާތު ގޮތްތައް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން، އާންމު ވިޔަފާރިތައް ކުރުމާއި، އެކިއެކި ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމުގެ އިތުރުން، ދަތުރުފަތުރުގެ ޓިކެޓު ގަތުމަށާއި އޮންލައިން ޑިޖިޓަލް ހިދުމަތްތަކުގެ ބިލްތައް ދެއްކުމަށް ވެސް މި ކާޑު ބޭނުންކުރެވޭނެ ކަމަށް އެ ފަރާތުން ބަޔާންކުރެއެވެ.

