
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެމުންދާ ހިޔާ މަޝްރޫޢުގެ ޓަވަރުތަކުގެ ތެރެއިން، ވިޔަފާރިކުރުމަށް ޚާއްޞަކޮށްފައިވާ ދެ ޔުނިޓެއް ކުއްޔަށް ދޫކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ، މި ޔުނިޓުތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ އެ ސަރަޙައްދުގައި އާބާދުވެފައިވާ އެތައް ހާސް ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ފަސޭހަކަމާ އެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ބޭނުމުގައެވެ.
Lease of Units for Open Market Demand from Hiya Commercial
Read more: https://t.co/MtKKi5oboh #withHDC #ProjectswithHDC #SeatoSilverShores#HDC25 pic.twitter.com/hREmuu1vcO
— Housing Development Corporation (@hdcmaldives) June 9, 2026
އެގޮތުން ހިޔާ ޔުނިޓްތަކުގެ ތެރެއިން 10ވަނަ ޓަވަރާއި 12ވަނަ ޓަވަރުން ކޮމާޝަލް ޔުނިޓަށް އަންނަ މަހުގެ 1ގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ. އަދި 12ވަނަ ޓަވަރުގެ ޔުނިޓްތައް ޚާއްސަކޮށްފައި ވަނީ ފިހާރައަކާއި ކެފޭއަކާއި ކްލިނިކަކާއި ޖިމެއް ނުވަތަ ފާމަސީތަކަށް ކަމަށާއި 10ވަނަ ޓަވަރުގައި ޔުނިޓްތަކުގައި ފިހާރަ، ކެފޭ، ކްލިނިކުގެ އިތުރުން ޖިމު ވެސް ހެދޭނެ ކަމަށް އެޗްޑީސީއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން މި ޔުނިޓްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ އެންމެ ރަނގަޅު ބިޑުތައް ހުށަހަޅާ ފަރާތްތަކަށް ކަމަށް ވެސް އެޗްޑީސީއިން ބުނެއެވެ.

