
ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ހަލާކަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް މާފަންނު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުﷲ ރިފާޢު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަމާޒުކުރައްވައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކަށް ރައްދުދެއްވައި، މީސްމީޑިއާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަޝީދުގެ ވެރިކަމުގެ މުއްދަތުގެ ތެރޭގައި ދައުލަތުގެ މާލީ ނިޒާމު ފުނޑުފުނޑުކޮށްލައި، ޤައުމު ބޮޑު ދަރަންޏަކަށް ވައްޓާލާފައިވާ ކަމަށެވެ. ހަމައެއާ އެކު، މަސްތުވާތަކެތީގެ ވަބާއަށް މަގުފަހިވާގޮތަށް ވާހަކަދައްކަވައި، ދިވެހިންގެ އިސްލާމީ އާދަކާދަތަކާއި އިޖުތިމާޢީ ރިވެތި ސިފަތައް ނައްތާލުމަށް މަސައްކަތްކުރެއްވިކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހި މުޖުތަމަޢު މާތްވެގެންވާ އިސްލާމްދީނާ ދުރުކުރުވުން ފިޔަވައި އިތުރު ކަމެއް ނަޝީދު ކުރައްވާފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
Manikfaanuge verikamuga mulhi dhaulai dharuvaalaa masthuvaa thakethi aammukoh, boan vaane boven vaane kamah promote koh, mulhi ijthimaaee feyraan halaakukoh, Islaam dheenaai mulhi mujthamau dhurukurun noon kon kameahtho kuree? Thee miqaumuge halaaku. Gaumah miadhu Raees @MMuizzu… https://t.co/EaGdafe9Am
— Abdulla Rifau MP 🇲🇻 (@BocheyRifau) June 2, 2026
ރައީސް ޑރ. މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކާ އެކު ޤައުމަށް މިހާރު ލިބިފައިވާ އަމާންކަމާއި ހަމަޖެހުން ނަގާލުމަށް ފަހު، އަނެއްކާ ވެސް ރާއްޖެ ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލަން ނަޝީދު ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ދިވެހި ރައްޔިތުން ޖާގަނުދޭނެކަން ކަށަވަރުކުރައްވަމުން، ރިފާޢު ވަނީ ނަޝީދު އަލުން އެފްރިކާއަށް ވަޑައިގަތުމަށް ގޮވާލައްވާފައެވެ.

