
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ހއ. ތުރާކުނުގައި ބިނާކުރަމުން އަންނަ އާ މިސްކިތުގެ 88 އިންސައްތަ މަސައްކަތް މުޅިން ފުރިހަމަކޮށްފިއެވެ.
ކޮންޓްރެކްޓަރު އެމްޓީސީސީން މަޢުލޫމާތު ދެއްވާ ގޮތުގައި، މިހާރު އެންމެ ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދަނީ މިސްކިތުގެ ފިނިޝިންގެ ތަފާތު މަސައްކަތްތަކެވެ. މިގޮތުން، މުޅި އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކުގެ 95 އިންސައްތަ މިހާރު ނިމިފައިވާއިރު، މިސްކިތުގެ މުންނާރުގެ ރެއިންފޯސްމަންޓް ކޮންކްރީޓް މަސައްކަތުގެ ވެސް 80 އިންސައްތަ ވަނީ ކާމިޔާބުކަމާ އެކު ނިންމާލެވިފައެވެ. އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ވީހާ ވެސް އަވަސް މުއްދަތެއްގެ ތެރޭގައި މި މަޝްރޫޢު އެއްކޮށް ނިންމައި، ބޭނުންކުރަން ފެށޭ ވަރަށް ތައްޔާރުކުރުމެވެ.
Project Update: Construction of Ha. Thuraakunu Mosque – Remaining works
We have completed 95% of all concrete works. Overall project progress is 88%.
Follow more updates at: https://t.co/SfVAzkW2pp #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/I2JGpNoo7b
— MTCC Plc (@MTCCPlc) June 2, 2026
ޖުމްލަ 11.21 މިލިއަން ރުފިޔާގެ އަގަކަށް، 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި ޕްރޮޖެކްޓަކީ 300 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ޖާގަ ތަނަވަސް މިސްކިތެކެވެ. އިސްލާމީ ރީތި ފަންނުވެރިކަމާއި ޒަމާނީ ސިފަތައް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ބިނާގައި، ނަމާދުކުރާ ބައިގެ އިތުރުން ވުޟޫކުރުމަށް ޚާއްޞަ ދެ ސަރަހައްދަކާއި މުންނާރެއް ހިމެނެއެވެ.
މުޅި ރާއްޖޭގައި އިސްލާމީ ވަޙުދަތު ދެމެހެއްޓުމަށާއި، ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ތުރާކުނުގެ އިތުރުން ވެސް އެހެނިހެން ގިނަ ރަށްތަކެއްގައި މިސްކިތްތައް ބިނާކުރުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން ދަނީ މެދުކެނޑުމެއްނެތި ހިންގަމުންނެވެ.

