
މާލެއިން ފުރައިގެން އއ. ތޮއްޑޫއަށް ދަތުރުކުރި ލޯންޗެއް ދިޔަވެ، އޭގެން ދަތުރުކުރި 25 މީހުން ސަލާމަތްކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، 2026 މެއި 25ވަނަ ދުވަހުގެ 17:30 ހާއިރު މާލެއިން އއ.ތޮއްޑޫއަށް ދަތުރުކުރަމުން ދިޔަ “ރިލެކްސް އައިޝާ” ނަމަކަށް ކިޔާ ލޯންޗް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެއުޅަނދުން ދަތުރުކުރި 25 މީހުން ސަލާމަތްތެރިކަމާއި ރައްކާތރެިކަމާ އެކު ގެނެވިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން މި ދުވަސްވަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ކަނޑުދަތުރު ކުރާފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

