
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމުގެ މަގާމަށް، އެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވަމުން ގެންދެވި ޢަބްދުލް މަޖީދު ޢަލީ، ބޯޑް މެންބަރުގެ މަގާމަށް ޔާމީން އިދުރީސް މިއަދު އައްޔަންކުރައްވައިފިއެވެ.
ޕެންޝަން އޮފީހުގެ ހިންގުން ބެލެހެއްޓުމުގެ އެންމެ އިސް ދައުރާ މަޖީދު ހަވާލުވެވަޑައިގެންފައި ވަނީ، މީގެ ކުރިން އެ މަސްއޫލިއްޔަތު އަދާކުރެއްވި ޑރ. އަޙުމަދު އިނާޒް މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަގާމުން ދުރަށް ވަޑައިގަތުމާ ގުޅިގެންނެވެ. ޑރ. އިނާޒް އިސްތިއުފާ ދެއްވީ، ދައުލަތުން ވިއްކަން އުޅުނު 2.4 ބިލިއަން ރުފިޔާގެ ބޮންޑަކާ ގުޅޭގޮތުން އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެން ކަމަށް އޭރު ވަނީ ހާމަވެފައެވެ.
ފެންޝަން އޮފީހުންގެ އޮފިޝިއަލް މީސްމީޑިއާގެ ޕޭޖުގައި ވަނީ މި ދެ ބޭފުޅުންނަށް ވެސް މަރުހަބާ ދަންނަވާފައެވެ.

