
ވ. އަތޮޅުން ޑައިވިނަށް ފޭބި އިޓަލީ ޑައިވަރުން ހޯދުމަށް ޑައިވްކުރި ސިފައިންގެ ބޭކަލަކު ހާލުދެރަވެގެން ފަރުވާދޭން ފަށައިފިއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ ބޭކަލެއްގެ ހާލު ދެރަވެގެން ފަރުވާދެމުންދާ ކަމަށެވެ. އާނާއަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށް ވެސް ދިފާއީ ބާރުން މައުލޫމާތުދެއެވެ.
ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ ބޭކަލެއްގެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންދެވިފަ. pic.twitter.com/2xaJQk1MzM
— Maldives National Defence Force (@MNDF_Official) May 16, 2026

