
ރޭ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ޕިކަޕު ދަށުވެ، ނިޔާވެފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ރައްޔިތެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ،
މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 2026 މެއި 13ވަނަ ދުވަހުގެ ރޭ 22:12 އެހައިކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެއެވެ. މި ހިތާމަވެރި އެކްސިޑެންޓުގައި އަނިޔާވި މީހާ ވަނީ ނިޔާވެފަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ އިންޑިއާއަށް ނިސްބަތްވާ 50 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ހައިވޭ އެކްސިޑެންޓް: ސައިކަލު ދުއްވި މީހާ ޕިކަޕު ދަށުވެ، ނިޔާވެއްޖެ

