
ދިވެހިރާއްޖޭގެ ވެރިކަން ކޮށްފައި ހުރީތީ ޤާނޫނުގެ ދިގު އަތް ނުފޯރާ ހުންނާނެކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤާނޫނުގެ ދިގު އަތް ހުރިހާ އެންމެންގެ މައްޗަށް ފޯރާނެކަން ރައްޔިތުންނަށް ސައްކެއްނެތް މިންވަރަށް ޔަގީންވާންޖެހޭ ކަމަށެވެ. އަދި ޤާނޫނުގެ ކުރިމަތީ ބޮޑެއް ކުޑައެއް ފައިސާވެރިއެއް ނޫސްވެރިއެއް މަސްވެރިއެއް އޮޑިވެރިއެެއް ދަނޑުވެރިއެއް ތަފާތުވެގެން ނުވާނެ ހުރިހާ ފަރާތަކުން ވެސް ޤާނޫނައް ކިޔަމަންވެ ބޯލަބަންޖެހޭ ކަމަށެވެ.
ގާނޫނުގެ ދިގުއަތް ހުރިހާ އެންމެންމައްޗައް ފޯރާނެކަން ރައްޔިތުންނަށް ސައްކެއްނެތް މިންވަރައް ޔަގީންވާންޖެހޭ . ގާނޫނުގެ ކުރިމަތީ ބޮޑެއް ކުޑައެއް ފައިސާވެރިއެއް ނޫސްވެރިއެއް މަސްވެރިއެއް އޮޑިވެރިއެެއް ދަނޑުވެރިއެއް ތަފާތުވެގެން ނުވާނެ ހުރިހާ ފަރާތަކުންވެސް ގާނޫނައް ކިޔަމަންވެ…
— Mohamed Ismail (@MPMohdIsmail) May 13, 2026
މީގެ އިތުރުން، ސިޓިންރޫމުގައި ތިބެގެންނާއި ޖަގަހަތަކު ތެރޭގައާއި މަގުތައްމަތީ ބުހުތާންދޮގު ވާހަކަތައް ދައްކަމުންދާ ދިއުން ހުއްޓެންވެއްޖެ ކަމަށް ވެސް މެންބަރު މުޙައްމަދު ވިދާޅުވިއެވެ.

