
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހުން ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ގއ. ވިލިނގިލި / އެދުރުގެ، މުހައްމަދު ފައުޒާން (35އ) އާއި ޒާކިރު ހޮސައިން، ބަންގްލަދޭޝް (29އ)އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްުޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންއެއްގެ ތެރެއިން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒާކިރު ހޮސައިން 15 ދުވަހަށް އަދި ފައުޒާން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

