
މީހަކު ހަނދާންނެތިގެން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ހުންނަ އޭޓީއެމްއަށް ދޫކޮށްލި ކާޑަކުން ވިޔަފާރިކުރި މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން މިއަދު އާންމުކުރި ވީޑިއޯއެއްގައި ވަނީ އެ ކާޑުން ވިޔަފާރިކުރި މީހާ ފެންނަ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ.
ނަމަވެސް އޭނާއަކީ ކާކުގައި ދެނެގަނެވިފައިނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެންވެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
އެކި މައްސަލަތަކުގައި ކާކުކަން ދެނެނުގަނެވޭ މީހުން ހޯދަން މީގެ ކުރިން ވެސް ފުލުހުން ވީޑިއޯ އާންމުކޮށްފައިވެއެެވެ.

