
ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)އަށް ދިން ހަމަލާތައް ރާއްޖެއިން ކޮށްވެރިކޮށްފިއެވެ.
ޑްރޯންާއި މިސައިލް ބޭނުންކޮށްގެން ފާއިތުވި ދެ ދުވަހު ޔޫއޭއީގެ އިންފްރާސްޓްރަކްޗާއަށް ވަނީ ހަމަލާތަކެއް ދީފައެވެ.
އެ ހަމަލާތައް ކޮށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިު ބުނީ އެ ހަމަލާތަކަކީ ޔޫއޭއީގެ އިސްތިގުލާލަށް ފާޅުގައި އަރައިގަތުން ކަމަށާއި މިއީ ސަރަހައްދީ ހަމަޖެހުމަށް ވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
އަދި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ޔޫއޭއީއާއެކު ކަމަށާއި ޔޫއޭއީގެ އިސްތިގުލާލު ނެގެހެއްޓުމަށް އެ ގައުމުން ކުރާ މަސައްކަތައްތަކަށް ރާއްޖޭގެ ތާއިދު އޮތް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އަދި ހަމަލާތައް ހުއްޓާލައި ވާހަކަ ދައްކައިގެން މައްސަލައަށް ހައްލެއް ހޯދުން މުހިންމުކަމަށް ރާއްޖެއިން ބުންޏެވެ.
އަރަބި މީޑިއާތަކުން ބުނެފައިވާ ގޮތުން ޔޫއޭއީއަށް ހަމަލާތައް ދިނީ އިރާނުންނެވެ. ނަމަވެސް އިރާނުން އެކަން ދޮގުކުރެއެވެ.
މިއީ އެމެރިކާއާއި އިރާނުން ހަމަލާތައް ދިނުން މެދު ކަނޑާލިފަހުން ޔޫއޭއީއަށް ހަމަލާތައް މި ފަހުން އަމާޒުވި ފުރަތަމަ ފަހެެރެވެ. އިރާނާއި އެމެރިކާއިން ހަނގުރާމަކުރި އިރު އިރާނުން ވަނީ ޔޫއޭއީއަށް ވަރަށް ވަރުގަދަ ހަމަލަތާކެއް ދީފައެވެ.

