
ފުލުހެއްގެ ގައިގައި ޖެހިކަމަށް ތުހުމަތުކޮށް އެމްޑީޕީގެ އެކްޓިވިސް މައިމޫން މުހައްމަދު ފުލުހުން ހާޒިރުކުރަން ނިންމައިފިއެވެ.
މިދިޔަ މަހު އެމްޑީޕީން ރޭގަނޑު ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އަމުރަށް ނުކިޔަމަންތެރިވިކަމަށް ބުނެ މައިމޫން ހަައްޔަރުވެސް ކުރިއެވެ. ނަމަވެސް ފަހުން ދޫކޮށްލިއެވެ.
ނަމަވެސް “ދެން”އަށް އެނގިފައިވާ ގޮތުން އެ މުޒާހަރާގެ ތެރެއިން ފުލުހެއްގެ ގައިގައި މައިމޫން ޖެހިކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.
އެހެންވެ މާދަމާ ހެނދުނު އެކަމާ ގުޅޭ ގޮތުން ސުވާލުކުރަން މައިމޫން ފުލުހުންގެ އިދާރާއަށް ހާޒިރުވާން މިހާރު އޮތީ ޗިޓު ފޮނުވައިފައެވެ.
އެކަމާ ގުޅޭ ގޮތުން “ދެން”އަށް މައިމޫންގެ ސީދާ ބަހެއް ނުލިބެއެވެ.
މައިމޫން ވަނީ ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރުގައި ހައުސިން މިނިސްޓްރީގައި އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވައިފައެވެ.

