
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އޮތީ ދެ ޢާއިލާގެ ދެމެދުގައި ކުރެވޭ ޒުވާބުތަކުގެ ތެރޭގައި ތާށިވެފައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާރސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި މޫސަ ވިދާޅުވީ، އެމްޑީޕީގެ ފަންސާސް ހާހެއްހާ މީހުން މި ތިބެންޖެހޭނީ މި ކޯޅުންގަނޑު ބަލަންކަމަށެވެ. ރައީސް ނަޝީދާއި ރައީސް ޞާލިޙުއާ ދެމެދު ވެވުނު އެއްބަސްވުމަކުން ޑިމޮކްރަސީގެ އަސާސްތައް ފުރިހަމަވާތަނެއް ފެނިގެންނުދާ ކަމަށާއި މާޒީގައި ވެސް އެކަން ހިނގާފައި ވަނީ އެބީދައިންކަން ރީކޯ ފާހަގަ ކުރެއްވިއެވެ.
“ޕާޓީގެ ޤައުމީ މަޖްލީސް އެބަޖެހޭ މި ފަދަ ނުފޫޒުހުރި މީހުން ބުނާގޮތައް ވޯޓުނުދީ ޢާއްމު މެމްބަރުންގެ ރޫޙާ އެއްގޮތައް މަސައްކަތް ކުރަން. އެހެންނޫނީ ޤައުމީ މަޖްލީހުގެ އިންތިޚާބު އަވަހަށް ބާއްވާ، މިނިވަންކަމާ އެކު ޕާޓީގެ ހިންގުން ހަރުދަނާކުރަންޖެހޭ. މޫސާ މަނިކު ވިދާޅުވިއެވެ.
މީގެ އިތުރުން ޗެއރޕަރސަނަށް އޮތް ބާރުތައް ބޭނުންކުރައްވާ ޕާޓީގެ އިންތިޚާބީ ވެރިންނަށް ގޮތެއް ނުހޯދިއްޖެނަމަ، ޢާއްމު މެމްބަރުންނާ ޕާޓީ ހަވާލުކުރަން މޫސަ ވަނީ ގޮވާލާފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން، އެ ޕާޓީގެ މެންބަރުގެ މެދުގައި ކޯޅުތައް އިތުރުވެ އިސްސަފުގެ ބޭފުޅުންދަނީ ބަހުގެ ހަމަލާތައް ދެމުންނެވެ. މިގޮތުން އިންތިޚާބު ފަސްކުރުމަށް އެދި، ސިވިލް ކޯޓަށް ވެސް ވަނީ މައްސަލައެއް ހުށަހަޅާފައެވެ.

