
ސަލްޓަން ޕާކު އަނެއްކާވެސް މަރާމާތުކުރަން ފަށައިފިއެވެ.
ހައުސިން މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން ފުރިހަމަކުރަން ޖެހޭ އިތުރު މަސައްކަތްތައް ކުރުމުގެ ގޮތުން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު ހަޔަކުން ފެށިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އަދި އެ މަސައްކަތް ކުރިއަށްދާ ވަގުތު އާންމުންނަށް ސަލްޓަންޕާކު ބަންދުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ސަލްޓަން ޕާކު އެންމެ ފަހުން މަރާމާތުކުރީ މިދިޔަ އޮގަސްޓު މަހު އެވެ. އެ ފަހަރުވެސް މަރާމާތަށް ވަގުތީ ގޮތުން ސަލްޓަން ޕާކު ތިން މަހަށް ބަންދުކުރިއެވެ.
ސަލްޓަން ޕާކު ވަރަށް ފުރިހަމައަށް ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރެކެވެ. ރައީސް ވިދާޅުވެފައިވާ ގޮތުން އެތަން ތަރައްގީކުރާނީ އެއް ގަހުން އަނެއް ގަހަށް ދެވޭ ގޮތަށް ވަރަށް ފުރިހަމައަށެވެ.

