
ފ. ފީއަލީގައި ދިރިއުޅޭ ގެއެއްގެ ފުރާޅު ސާފުކުރުމަށްފަހު ތިރިއަށް ފައިބަން އުޅުމުގެ ތެރޭގައި މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި އަތްލެވި ކަރަންޓުގައި ޖެހުނު އެއްބަނޑު އެއްބަފާ ދެ ޒުވާނުންގެ ސިއްހީ ހާލަތު މިހާރު ރަނގަޅުކަމަށް ފ. އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
އުމުރުން 27 އަހަރާއި 23 އަހަރުގެ މި ދެބެއިންނަށް އިތުރު ފަރުވާ ދިނުމަށްޓަކައި، އެ އަތޮޅު ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އިއްޔެ ހަވީރު 3:30 އެހާކަންހާއިރުއެވެ. އެ ހޮސްޕިޓަލުން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާގައި އަނިޔާވި މީހުން މަރުކަޒަށް ގެނައި އިރުވެސް ޙާލަތު މާ ގޯސްނޫން ކަމަށާއި އަދި ފަރުވާ ދޭން ފެށުމާ އެކު ދެމީހުންގެ ހާލު ވެސް ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ފުރާޅު ސާފުކުރުމުގެ މަސައްކަތް ނިންމާލުމަށް ފަހު ބިމަށް ފައިބަން އުޅުމުގެ ތެރޭގައި ކަމަށްވާއިރު، ކަރަންޓުގެ އަސަރުކޮށްގެން ދެ މީހުން ވެސް ކުއްލިއަކަށް ވެއްޓުނީ މަގުމައްޗަށެވެ. އެގޮތަށް ވެއްޓުނު ވަގުތު ބިންމައްޗަށް ޖެހުނުލެއް ބާރުކަމުން އެކަކުގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވެއެވެ. ނަމަވެސް އެކަށީގެންވާ ސިއްހީ ފަރުވާ ލިބެމުންދާތީ އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކަލެއް ނެތްކަމުގެ ޔަޤީންކަން ކަމާބެހޭ ފަރާތްތަކުން ދެއެވެ.

